ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒްކުރަމުން ދިޔަ ސްރީލަންކާގެ 12 ގައިދީއަކު ސްރީލަންކާ ސަރުކާރާއި ހަވާލުކޮށްފި

Extradition

ރާއްޖޭގެ ޖަލުތަކުގައި ހުކުމް ތަންފީޒްކުރަމުން ދިޔަ ސްރީލަންކާގެ 12 ގައިދީން މިއަދު ހެނދުނު ސްރީލަންކާ ސަރުކާރާއި ހަވާލުކޮށްފިއެވެ.

މި 12 ގައިދީން ހަވާލުކުރުމުގެ އެއްބަސްވުމުގައި އެމް.ސީ.އެސްގެ ފަރާތުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒިލާލް ސޮއިކުރައްވާފައިވާއިރު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސިސްޓަންޓް ޑައިރެކްޓަރ ސަމާހަތު ޒުހުރީއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އިބްރާހީމް މުޙައްމަދު ދީދީ ވިދާޅުވީ މި 12 ގައިދީން ސްރީލަންކާ ސަރުކާރާއި ހަވާލުކުރެވިފައިވަނީ ގާނޫނު 2014/38 (ކުށްވެރިން ބަދަލުކުރުމުގެ ގާނޫނު) ގެ 37 ވަނަ މާއްދާގެ (ހ) ގެ ދަށުން އެކުލަވާލެވިފައިވާ 158/އާރް-2015 (ދިވެހިރާއްޖެ އާއި ބޭރުގެ ގައުމުތަކާއި ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާން ކުރާ ގަވާއިދު) ގެ ދަށުން ސްރީލަންކާގެ ނޭވީ ބޯޓު “ޝަކްތީ” އާއެވެ.

Extradition2

ދިވެހިރާއްޖެ އާއި ބޭރުގެ ގައުމުތަކާއި ދެމެދު ކުށްވެރިން ބަދަލުކުރުމުގެ އިޖުރާއަތު ބަޔާން ކުރާ ގަވާއިދުގައި، ޖަލުގައި ހުރި ގައިދީގެ ރުހުމާއި މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ރުހުމާއި އަދި ކުށްވެރިޔާ ބަދަލުކުރެވޭ ގައުމުގެ ރުހުން އޮންނަންޖެހެއެވެ. ކުށްވެރިން ބަދަލުކުރުމުގެ އިޖްރާއަތު ތަންފީޒުކުރަނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް އާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް އާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގުޅިގެންނެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ވަނީ މިއަދު ހެނދުނު މި 12 ގައިދީން މާފުށީ ޖަލުން މާލެ ގެނެސް ސްރީލަންކާ ސަރުކާރުގެ ކަމާބެހޭފަރާތާއި ހަވާލުކޮށްފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *