އައްސޭރި ޖަލުގައި އިންފޮމޭޝަން ޓެކްނޮލޮޖީ ސެޓްފިކެޓް ލެވެލް 1ގެ ކޯސްތައް ފެށުން

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ޕްރިޒަން އެކަޑަމީ އާއި ސީ،އައި،ޓީ،އެމް ގުޅިގެން 2014 ނޮވެންބަރު 01 ވަނަދުވަހު އައްސޭރި ޖަލުގައި ޤައިދީންނަށް އަމާޒްކޮއްގެން އިންފޮމޭޝަން ޓެކްނޮލޮޖީ ސެޓްފިކެޓް ލެވަލް 1ގެ ކޯސްތަކެއް ވަނީ ފަށާފައެވެ. މިކޯހުގައި ޖުމްލަ 64 ޤައިދީން ބައިވެރިވެފައިވެއެވެ. އަދި މިކޯސްކުރިއަށް ދަނީ 7 ސެޝަނަކަށް ބަހާލެވި 2 ދަންފަޅިއަކަށެވެ. މިކޯސް ހިންގުމަށް ހަމަޖެހިފައިވަނީ  2 ހަފްތާގެ މުއްދަތަށެވެ. މި ކޯހުންފާސްވާ ޤައިދީންނަށް ސެޓްފިކެޓް ދޭގޮތަށްވަނީ ހަމަޖެހިފައެވެ.

މިކޯހުގެ މައިގަނޑު މަޤްޞަދަކީ ޤައިދީން، އެމީހުންގެ ޙުކުމުގެ މުއްދަތު ހަމަވުމުން މުޖުތަމައުއަށް ނިކުމެ އަމިއްލަ މަސައްކަތުން ދިރިއުޅުން އަލުން އާބާދުކުރުމަށް އެހީތެރިވެދިނުމާއިއެކު، އިތުރު ތަޢްލީމް ދިނުމެވެ. އަދި އެމީހުންނަކީ ޤައުމަށާއި ރައްޔިތުންނަށް ލާބައާއި މަންފާ ހޯދައި ދިނުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމެވެ. އަދި އައްސޭރި ޖަލުގައި ބަންދުކޮށްފައިވާ އެހެން ޤައިދީނަށް މުސްތަޤުބަލުގައި ތަފާތު ގިނަ ޕްރޮގްރާމުތައް ހިންގުމަށް ވަނީ ރޭވިފައެވެ.

އަދި މިހާރުވެސް ދަނޑުވެރިކަންކުރުމާއި، އަތްތެރިކަމުގެ މަސައްކަތް ފުޅާދާއިރާއެއްގައި އައްސޭރިޖަލުގައި ދަނީ ކުރަމުންނެވެ.