އެމް.ސީ.އެސް ގެ ފަރާތުން ހިންގާފައިވާ އޮޕަރޭޝަންތަކާއިބެހޭ މަޢުލޫމާތު މީޑިއާ އާއި ޙިއްސާކޮށްފި

03-620x413

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި ހިންގާފައިވާ އޮޕަރޭޝަންތަކާއިބެހޭ މަޢުލޫމާތު މީޑިއާ އާއި ޙިއްސާކޮށްފިއެވެ.

އާދީއްތަ ދުވަހު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑް އޮފީހުގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް ވިދާޅުވީ ޖަލުތަކުގެ ސެކިއުރިޓީ ނިޒާމް އިތުރަށް ވަރުގަދަ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށެވެ. އެގޮތުން ވޭތުވެދިޔަ 3 ހަފްތާގެ ތެރޭގައި ޖަލުތައް އެކިފަހަރުމަތިން ބަލައި ފާސްކުރެވިފައި ވާނެކަމަށާއި އަދި މި ފާސްކުރުންތަކުގައި ޖަލަށް ވެއްްދުން މަނާ ތަކެތި ޖަލުގެ ގޮޅިތަކުން ނަގާފައިވާކަމަށެވެ. އަދި ޖަލުތަކަށް ވަގަށް އެއްޗެހި ވެއްދުން ހުއްޓުވުމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ގިނަ މަސައްކަތްތަކެއް ކުރާނެކަމަށާއި، އަދި އަބަދުވެސް ޖަލުގެ ގޮޅިތައް ބަލައި ފާސްކުރާނެ ކަމަށެވެ. އަދި ޖަލުގެ ވަށައި ފާރު ނިމުމުން ޖަލަށް ވަދެނުކުމެ ހެދުމަށް ބޭނުންކުރާނީ އެންމެ ގޭޓެއްކަމަށާއި އިތުރު ދިމާއަކުން ޖަލުތެރެއަށް ނުވަދެވޭނެކަމަށެވެ. އަދި ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް ވިދާޅުވީ ޖަލުތެރެއަށް ވަންނަ ހުރިހާ މުވައްޒަފުންވެސް ޖަލުތެރެއަށް ވަދެވޭނީ ރަނގަޅަށް ސާރޗް ކުރެވިގެންކަމަށާއި އަދި ޖަލުތެރެއަށް ވައްދަންޖެހޭ ހުރިހައި ތަކެއްޗެއްވެސް ޖަލުތެރެއަށް ވައްދާނީ ރަނގަޅަށް ސާރޗް ކުރެވިގެން ކަމުގައެވެ.

phones drugs

ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް ވިދާޅުވީ ޖަލުގެ ސަލާމަތީ ކަންތައްތައް ވަރުގަދަކުރުމުގެ ގޮތުން ޖަލުތައް ބަލައި ފާސްކުރުމަށް ވޭތުވެދިޔަ ތިން ހަފްތާގައި ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގާފައިވާކަމަށެވެ. އެގޮތުން މާފުށީ ޖަލުންނާއި މާލޭ ޖަލު އަދި އައްސޭރި ޖަލުން ގިނަޢަދަދެއްގެ މަސްތުވާ ތަކެތިކަމަށް ޝައްކުކުރެވޭ ތަކެއްޗާއި އަދި ޖަލަށް ވެއްދުން މަނާ ތަކެތި ހޯދާފައިވާކަމަށެވެ. މި އޮޕަރޭޝަންތައް ކުރިއަށް ގެންދުއުމުގައި ޖަލުތަކުގައި މަސައްކަތްކުރައްވާ އޮފިސަރުން ދެއްވާ އެއްބާރުލުން ފާހަގަކޮށް ހުރިހާ އޮފިސަރުންނަށް ސުޕްރިންޓެންޑެންޓް މުޙައްމަދު ޢާޞިފް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *