ޖަލުގައި ހިންގުމަށް ހަމަޖެހިފައިވާ ޕްރޮގްރާމް ތަކުގެ ތިން އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަރާތުން ބަލަހައްޓަމުންދާ ޖަލުތަކުގައި ޙުކުމް ތަންފީޛު ކުރަމުންދާ ފަރާތްތަކަށް ރިހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގައިދިނުމަށްޓަކައި 3 ފަރާތަކާއި ދެމެދު މިއަދު 3 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މިއެގެރީމެންޓް ތަކުގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އައްސޭރި ޖަލުގައެވެ.

މިގޮތުން ސެންޓަރ ފޯރ އިންފޮމޭޝަން ޓެކްނޮލޮޖީ މެނޭޖްމަންޓްގެ ފަރާތުން ހުށަހަޅާފައިވާ 100 ޖާގައިގެ ސްކޮލާޝިޕްގެ ދަށުން ކޮންޕިއުޓަރ ދާއިރާއިން ސެކްފިކެޓް ލެވެލް އިން ފެށިގެން ޑިޕްލޮމާ އާއި ހަމައަށް ކިޔަވައިދިނުމުގެ އެއްބަސްވުމުގައި މިއަދުވަނީ ސޮއިކޮށްފައެވެ. އަދި މި ކޯހަށް ޖާގަދީފައިވަނީ ހުރިހައި ޖަލުތަކެއްގެވެސް ޤައިދީން ހިމެނޭ ގޮތަށެވެ.

އަދި ޖަލުތަކުގައި ކީރިތި ޤުރުއާނާއި ދީން އުގަންނައިދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖައްސާފައެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ “އިންސްޓިޓިއުޓް އޮފް ޤްރުއާން އެންޑް ސުންނަ” އާއިއެކުއެވެ. އަދި ކުރިއަށް ގެންދިއުމަށް އެއްބަސްވެވުނު ބައިތަކުގެ ތެރޭގައި ތިލާވާ ކްލާސްތަކާއި، ހިފްސް ކްލާހާއި، ޤާރީ ކޯސްފަދަ ކޯސްތައް ހިންގުމަށް އެއްބަސް ވެފައިވެއެވެ. އަދި ދީނީ މާއްދާތަކުގެ ތެރޭގައި ފިޤްޙް މާއްދާއާއި، ޢިބާދާތާއި، ސީރަތުގެ ބައިތައް ހިމަނާފައި ވެއެވެ.

programme 2

އަދި އައްސޭރިޖަލާއި އަދި މާފުށީ ޖަލުގައި ޙުކުމްތަންފީޛުކުރަމުންދާ ފަރާތްތަކަށް، (ކ. ހިންމަފުށީ އަނބުމާގެ / އަޙްމަދު މޫސާ އާއިއެކު،) އަތްތެރިކަމުގެ މަސައްކަތް ދަސްކޮށްދިނުމުގެ ޕްރޮގްރާމްގެ ދަށުން ލަކުޑިން ކުދި ދޯނި ހަދަން ދަސްކޮށްދިނުމާއި ގުޅޭ އެއްބަސްވުމުގައިވެސް މިއަދުވަނީ ސޮއިކޮށްފައެވެ.

މިއަހަރުގެ ތެރޭގައި ތަފާތު 12 ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވާކަމަށް ކޮމިޝަނަރ ވަނީ މީޑިއާ އަށް މަޢުލޫމާތު ދެއްވާފައެވެ.