މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕް ގެ އަހަރީދުވަހުގެ ޙަރަކާތްތައް ފެށިއްޖެ

ESG anniversary

މާފުށީ ޖަލާއި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ގިނަ ޙަރަކާތްތަކެއް މިއަދު މަފުށީ ޖަލުގައި ކުރިއަށް އެބަ ގެންދެއެވެ.

އެގޮތުން ޖަލުގެ އެކި ޕްލެޓޫން ތަކުގެ މެދުގައި އެކުވެރިކަން ބަދަހިކޮށް ކުޅިވަރުގެ ރޫޙް އާލާކޮށް ދިރުވުމުގެ މަޤްޞަދުގައި ތަފާތު ކުޅިވަރުތަކެއް ދަނީ ކުޅެވެމުންނެވެ. ކުޅިވަރު ތަކުގެ ތެރޭގައި ޖަލުގެ ސީނިއަރ މެނޭޖްމަންޓާއި ޖަލުގެ ސްޓާފުންގެ ތެރެއިން ހޮވާލެވުނު ޓީމަކާއި ދެމެދު ކުޅެވުނު ފުޓްބޯޅަ މެޗަކާއި އަންހެން އަދި ފިރިހެނުންގެ ވާދެމުމާއި، ޖަލުގެ އަންހެން ސްޓާފުން ދެބަޔަކަށް ބަހާލައިގެން ބަށިމެޗެއްވެސް ވަނީ ކުޅެފައެވެ. އަދި މިރޭގެ ޙަރަކާތް ތަކުގެ ތެރޭގައި އަންހެނުންގެ ވަރަށް ޚާއްޞަ ފުޓްބޯޅަ މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައެވެ. މި މެޗްގައި ބައްދަލުކުރާނީ ހެޑް އޮފީހުގެ އަންހެން ފުޓްބޯޅަ ޓީމަކާއި މާފުށީ ޖަލުގެ އަންހެން ޓީމެކެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހިންގާ ޙަރަކާތް ތަކުގެތެރޭގައި ހުރިހައި އޮފިސަރުންގެ ޝަރަފްގައި ބާއްވާ ރޭގަނޑުގެ ފަރިއްކޮޅަކާއި، ޖަލުގެ ސްޓަފުންގެ ޢާއިލީ ހަވީރެއް ބޭއްވުން ހިމެނެއެވެ.

މި ޙަރަކާތްތައް ކުރިއަށް ގެންދަނީ މުވައްޒަފުންގެ ފަރާތުންނާއި ބައެއް ދީލަތި ފަރާތްތަކުގެ ސްޕޮންސަރ ހޯދައިގެންނެވެ.

ޢާއިލީ ހަވީރަށް ޖަލު ސަރަޙައްދު ތައްޔާރު ކުރުމުގެ ގޮތުން ވަރަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ކުޅިވަރު ސްޓޯލްތަކާއި އެހެނިހެން ގޭމްތައް ކުޅެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ. އަދި ކާބަފައިންގެ ދިރިއުޅުން ދައްކުވައިދިނުމަށް ފަރުމާކުރެވިފައިވާ ކަލްޗަރަލް ވިލެޖްގެ މަސައްކަތްތައްވެސް ވަނީ ގާތްގަނޑަކަށް ނިމިފައެވެ. އަދި އޭރު އެޒަމާނުގައި ކުރާ ބައެއް މަސައްކަތްތައްވެސް މި ވިލެޖްގެ ތެރެއިން ފެނިގެންދާނެކަމަށް އިންތިޒާމް ކޮމެޓީގެ ރައީސް ކޯޕްރަލް ޢަބްދުﷲ އަމީން ވަނީ މަޢުލޫމާތު ދެއްވާފައެވެ.

މި ކުޅިވަރުތަކުގައި މާފުށީ ޖަލުގެ ވަރަށް ގިނަ ސްޓާފުން ބައިވެރިވެފައި ވެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *