މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރާ ޤައިދީންނަށާއި އޮފިސަރުންނަށް” ޕެސްޓް އެންޑް ޑިޒީޒް” ޕްރޮގްރާމް ފަށައިފި

pest & disease

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އާއި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ގުޅިގެން މާފުށީ ޖަލުގައި ތިބި ޤައިދީންނަށާއި އޮފިސަރުންނަށް “ޕެސްޓް އެންޑް ޑިޒީޒް” ޕްރޮގްރާމެއް ފަށައިފިއެވެ.

މިއަދު މާފުށީ ޖަލުގައިފެށި މި ޕްރޮގްރާމަކީ މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގައި ދަނޑުވެރިކަމާއި ގުޅުންހުރި މަސައްކަތް ކުރާ ޤައިދީންނަށާއި އޮފިސަރުންނަށް ހިންގޭ 6 ދުވަހުގެ ތަމްރީން ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޑެޕިއުޓީ މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އަލްފާޟިލް މުޙައްމަދު ޝަރީފް ވިދާޅުވީ މިފަދަ ޕްރޮގްރާމްތައް ހިންގުމުގެ ބޭނުމަކީ މުޖުތަމަޢުއަށް ނުކުންނައިރު ފައިދާހުރި މަސައްކަތެއް ކުރަން ދަސްކޮށްދިނުން ކަމަށެވެ. އަދި ކުރިން ހިންގާފައިވާ ޕްރޮގްރާމްގެ ތެރެއިން މަސައްކަތް ރަނގަޅަށް ދަސްކުރުމަށްފަހު، އެމަސައްކަތުގައި ދެމިތިބިމީހުން މިހާރުވެސް އުޅޭކަމުގައި ވިދާޅުވިއެވެ.

މިހާތަނަށް ޤައިދީން މިދާއިރާގައި މަސައްކަތް ކުރަމުންދިޔައީ އެމީހުންނަށް ލިބިފައިވާ މައުލޫމާތު ތަކުގެ މައްޗަށެވެ. ނަމަވެސް މިފަދަ ޕްރޮގްރާމްތަކުގެ އެހީތެރިކަމާއި އެކު މިދާއިރާގަައި މަސައްކަތް ކުރާ ފަރާތްތަކަށް އެމީހުން ކުރާ މަސައްކަތްތަައް އިތުރަށް ހަރުދަނާކުރެވިގެންދާނެއެވެ.

މިރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުޝާމް ވިދާޅުވީ، މިހާރު ސަރުކާރުގެ ސިޔާސަތަކީ ޤައިދީން ޖަލުގައި ހޭދަކުރާ ދުވަސްތަކަކީ އުނގެނުމުގެ ދުވަސްތަކަކަށް ހެދުންކަމަށާ، ކޮންމެ މީހަކީވެސް މުޖުތަމަޢުއަށް ނުކުންނައިރު މަސައްކަތެއް ދަސްކޮށްގެން ނުކުންނަ މީހަކަށް ހެދުން ކަމަށެވެ. އަދި ކުރިންމުޖުތަމަޢުއަށް ނުކުމެ އުޅުނު ބައެއް ޒުވާނުންނަށް ވަޒީފާ ދިނުމަށް ބައެއް ފަރާތްތަކުން އިންކާރު ކުރާކަމަށާ، އެހެންކަމުން އެފަރާތްތަކަށް ދެވަނަފަހަރަށް ކުށަށް އަރައިގަތުމަށް މަގުފަހިވާކަމަށެވެ. ނަމަވެސް މި ޕްރޮގްރާމް ތަކުގެ ސަބަބުން ޤައިދީން މުޖުތަމަޢުއަށް ނުކުތުމުން ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިއަދު މިފެށިގެންދިޔަ “ޕެސްޓް އެންޑް ޑިޒީޒް” ޕްރޮގްރާމްގެ އަލީގައި ވަރަށް ގިނަ މައުލޫމާތާއި ތަޖުރިބާ ލިބިގެންދާނެ އެވެ. މީގެ ކުރިން ގަސްއިންދާނެ ގޮތްތަކާއި އެ ބަލަހައްޓާނެ ގޮތްތަކެއް ދަސްކޮށް ދީފައިވީނަމަވެސް ގަސްތަކަށް ލިބޭ ގެއްލުމާއި ގަސްތަކަށް ޖެހޭ ބަލިތަކާއި މެދު މާގިނަ މައުލޫމާތެއް ނުލިބެއެވެ. މި ތަމްރީނު ޕްރޮގްރާމްް ވެގެންދާނީ ވަރަށް ކާމިޔާބު އަދި އިތުރު ކަންތައްތަކެއް ދަސްވެ، އިތުރު މައުލޫމާތުތަކެއް ލިބިގެންދާނެ ތަމްރީނު ޕްރޮގްރާމަކަށެވެ.

މީގެ އެހެން ޕްރޮގްރާމްތައް ވެސް ވާނީ މީގެ ކުރިން މިނިސްޓްރީ އޮފް ފިޝަރީސް އެންޑް އެގްރިކަލްޗަރގެ އެހީތެރިކަމާއި އެކު ކުރިއަށް ގެންދެވިފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *