ޖަލުގައި ޤައިދީން ހިންގި ހަމަނުޖެހުމުގައި އޮފިސަރުންނަށް ބޮޑެތި އަނިޔާ ތަކެއްވެއްޖެ

prison unrest

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ މާފުށީ ޖަލުގައި ރޭގެޙާދިޘާ ދިމާވީ މާފުށީ ޖަލުގެ އޮފިސަރުން، ޖަލުގެ ޤައިދީންގެ ބޯގުނުމަށް ދިޔުމުން، ބޯގުނަން ބައެއް ޤައިދީން އިންކާރު ކުރުމުންނެވެ.

ސްޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޢާޞިފް ވިދާޅުވީ ރޭގެޙާދިޘާ ދިމާވީ މާފުށީ ޖަލުގެ އޮފިސަރުން، ޖަލުގެ ޤައިދީންގެ ބޯގުނުމަށް ދިޔުމުން ޔުނިޓް 3  ގެ 8 ނަންބަރު ގޮޅީގެ ބޯގުނަން އެގޮޅީގެ ޤައިދީން އިންކާރު ކުރުމުން ކަމަށެވެެ. އަދި ޖަލުގެ އޮފިސަރުންްނަށް  އެއްބާރުލުން ދިނުމަށް ޤައިދީންނަށް ތަކުރާރުކޮށް ނަސޭޙަތްތެރިވުމުންވެސް ވަނީ އޮފިސަރުންނާ ދިމާއަށް އަޑުގަދަކޮށް، އޮފިސަރުންގެ މަސައްކަތަށް ހުރަސް އަޅާފައެވެ.

މި ހަމަނުޖެހުން ކޮންޓްރޯލް ކުރީ އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ އޮފިސަރުންނެވެ. އަދި މި ހާދިސާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި އިމަޖެންސީ ސަޕޯރޓް ގްރޫޕްގެ 5 އޮފިސަރަކަށް ވަނީ އެކިވަރުގެ އަނިޔާތައް ވެފައެވެ. އަދި މީގެ ތެރެއިން ދެ އޮފިސަރުންނަށް ސީރައަސް އަނިޔާތަކެއް ލިބިފައިވެއެވެ.

އަނިޔާލިބުނު އޮފިސަރުން ރޭގައި މާލެގެނެސް އައި.ޖީ.އެމް.އެޗް ގައި ފަރުވާދިނުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ.

މި ޙާދިޘާ ކޮންޓްރޯލް ކުރުމުގެ ތެރޭގައި ޤައިދީންނަށްވެސް ކުދިކުދި އަނިޔާވެފައިވެއެވެ. ނަމަވެސް ސީރިއަސް އެއްވެސް އަނިޔާއެއް އެއްވެސް ޤައިދީއަކަށް ވެފައެއް ނުވެއެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *