އައްސޭރި ޖަލުގެ ޤައިދީން އަނބުރާ މުޖުތަމަޢުއަށް ނެރުމަށް ވޭތުވެދިޔަ އަހަރުވެސް ގިނަ މަސައްކަތް ތަކެއް ކުރެވުނު

މިއަދަކީ އައްސޭރި ޖަލުގެ 6 ވަނަ އަހަރީ ދުވަހެވެ.

އައްސޭރި ޖަލަކީ ޖަލުތަކުގައި ތިބި ކުށްވެރިން ރިހެބިލިޓޭޓްކޮށް އަލުން މުޖުތަމަޢުއަށް ނެރުމަށްޓަކައި އުފެއްދާފައިވާ ލުއި ޖަލެކެވެ. މި ޖަލު އުފައްދަވާފައިވަނީ 12 ޖެނުއަރީ 2009 ގައެވެ.

ވޭތުވެދިޔަ އަހަރަށް ބަލާއިރު އައްސޭރިޖަލުގެ ޤައިދީންނަށް ވަނީ ތަފާތު އެތައް ޕްރޮގްރާމްތަކެއް ހިންގާފައެވެ. އެގޮތުން ފާހަގަކޮށްލެވޭ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި އައްސޭރި ޖަލުގެ ޤައިދީންނަށް ހިންގުނު ބައެއް ކޯސްތަކުގެ ތެރޭގައި ލަކުޑިން ކުދި ދޯނި ހަދަން ދަސްކޮށްދޭ ކޯހާއި، އިންފޮރމޭޝަން ޓެކްނޮލޮޖީ ސެޓްފިކެޓް ލެވެލް 1 ކޯސްތަކާއި، ޖަލުގެ ޤައިދީންނަށް ކައުންސިލިންގ ދިނުމާއި ދީނީ ނަސޭޙަތް ދިނުމުގެ ޕްރޮގްރާމްތަކާއި ޤްރުއާން  ކިޔަވަން ދަސްކޮށްދޭ ޕްރޮގްރާމްތަކާއި ކޯސްތައްވަނީ ހިންގިފައެވެ.

އަދި މީގެއިތުރުން ދަނޑުވެރިކަމުގެ ޕްރގްރާމްތައް ވަނީ އައްސޭރިޖަލުގައި ފުޅާދާއިރާއެއްގައި ހިންގާފައެވެ.

އަދި ބައެއް ކޯސްތަކަކީ މިހާރު ފެށިގެން ކުރިއަށްދާ ކޯސްތަކެވެ. އެއީ ދިގުމުއްދަތަކަށް ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކެވެ.