މާލެ ޖަލުގެ މުވައްޒަފުން ކާނުތައް ސާފުކޮށްފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ މާލޭ ޖަލުގެ މުވައްޒަފުން މާލޭ ޖަލު ހިމެނޭ ސަރަޙައްދާއި މާލޭ ރިމާންޑް ހިމެނޭ ސަރަޙައްދުގެ ކާނުތައް ސާފުކޮށްފިއެވެ.

މި މަސައްކަތް މާލޭ ޖަލުގެ މުވައްޒަފުން ކޮށްފައިވަނީ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން އާއި ގުޅިގެން 17 ޖެނުއަރީ 2015 ވަނަ ދުވަހުއެވެ.

މި މަސައްކަތުގައި މާލޭ ޖަލުގެ ޗީފް ސްޕްރިންޓެންޑެންޓް ގެ އިތުރުން ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މާލޭ ޖަލުގެ ޗީފް ސްޕްރިންޓެންޑެންޓް ވިދާޅުވީ މިމަސައްކަތަކީ އިޖްތިމާޢީ މަސައްކަތެއްގެ ގޮތުން މާލޭ ޖަލުގެ މުވައްޒަފުން ކުރި މަސައްކަތެއް ކަމުގައެވެ. އަދި މިފަދަ އިޖްތިމާޢީ މަސައްކަތްތަކުގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ މުވައްޒަފުން އަބަދުވެސް ބައިވެރިވާނެ ކަމުގައެވެ.