ޖަލުތަކުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށާއި ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށް ބޭފުޅުން ޢައްޔަން ކުރައްވައިފި

ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ރ) ގައި ބާޔާން ކުރައްވާފައިވާ ފަދައިން ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށާއި، ޖަލުތަކުގެ އިދާރީ ހިންގުމާއިބެހޭ ޤަވާޢިދުގެ 6 ވަނަ މާއްދާގެ (ނ) ގައި ބަޔާންކޮށްފައިވާ ފަދައިން ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަންސްގެ މަޤާމަށް މިނިސްޓަރ ގެ ލަފާފުޅާއެކު، ކޮމިޝަނަރ އޮފް ޕްރިޒަންސް މިއަދު ބޭފުޅުން ޢައްޔަން ކުރައްވައިފިއެވެ.

އެގޮތުން މާފުށީ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށް ޢައްޔަން ކުރެއްވީ އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީ އެވެ.

މާލޭ ޖަލުގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށް ޢައްޔަން ކުރެއްވީ އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޠަލާލް އެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރ ގެ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށް ޢައްޔަން ކުރެއްވީ އިންސްޕެކްޓަރ އޮފް ޕްރިޒަންސް މޫސާ އަންވަރު އެވެ.

އައްސޭރި ޖަލުގެ ޑެޕިއުޓީ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަޤާމަށް ހަމަޖައްސަވާފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕްރިޒަންސް މުޙައްމަދު ޙުސައިން އެވެ.

ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަސްޢޫލިއްޔަތު ތަކަކީ އެ ޑައިރެކްޓަރ އޮފް ޕްރިޒަންއެއްގެ ބެލުމުގެ ދަށުގައިވާ ޖަލުތަކާގުޅޭ ކަންކަން ކޮމިޝަނަރ އޮފް ޕްރިޒަންސް ކަނޑައަޅާ ގޮތެއްގެމަތިން ހިންގައި ބެލެހެއްޓުމެވެ. އެގޮތުން ޖަލު ހިންގުމުގެ އެންމެހައި ކަންކަން ބެލެހެއްޓުމާއި، ޖަލުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާއި، ޤައިދީންގެ ވެލްފެއަރގެ ކަންތައްތައް ބެލެހެއްޓުމުގެ އިތުރުން ޖަލުގެ ސަލާމަތާއި މަޞްލަޙަތު ދެމެހެއްޓުމަކީ ޑައިރެކްޓަރ އޮފް ޕްރިޒަން ގެ މަސްޢޫލިއްޔަތު ތަކުގެ ތެރޭގައި ހިމެނޭ ކަންކަމެވެ.