އައްސޭރި ޕްރިޒަން ކަޕް 2015: އެފް.ސީ ތުނޑު 3 – އާޗާ 0

qqxq-620x348

އައްސޭރި ޕްރިޒަން ކަޕް 2015 މުބާރާތުގައި މިއަދު ބައްދަލުކުރީ އާޗާ އާއި އެފް.ސީ ތުނޑެވެ. މިމެޗް 3-0 ގެ ނަތީޖާއަކުން ކާމިޔާބުކުރީ އެފް.ސީ ތުނޑު އެވެ.

މިއަދު ގެ މެޗްގެ ފުރަތަމަ ހާފްގައި އެފް.ސީ ތުނޑަށް ކާމިޔާބު ކުރެވުނީ އެންމެ ލަނޑެކެވެ. އެއީ އެފް.ސީ ތުނޑުގެ ޖާޒީ ނަންބަރ 17 ޕްރައިވެޓް މުޙައްމަދު ވިޝާޙް ކާމިޔާބުކޮށްދިން ލަނޑެވެ.

މި މެޗްގެ ދެވަނަ ލަނޑާއި ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗްގެ ދެވަނަ ހާފްގައެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ އެފް.ސީ ތުނޑުގެ ޖާޒީ ނަންބަރ 23 އަޙްމަދު މިޒްހާން އެވެ. އަދި ތިންވަނަ ލަނޑު ކާމިޔާބު ކޮށްދިނީ އެފް.ސީ ތުނޑުގެ ޖާޒީ ނަންބަރ 43 ޕްރައިވެޓް އިބްރާހީމް ޙަލީމް އެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ މެޗްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިން އެފް.ސީ ތުނޑުގެ ޖާޒީ ނަންބަރ 43 ޕްރައިވެޓް އިބްރާހީމް ޙަލީމް އެވެ.

މިއަދުގެ މެޗްގައިވެސް ދެޓީމްގެ ފަރާތުން ފޯރިގަދަ ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ.

މި މުބާރާތަކީ އައްސޭރި ޖަލުން އިންތިޒާމް ކޮށްގެން، މުވައްޒަފުންގެ ދުޅަހެޔޮކަމާއި، ކުޅިވަރު ކުޅުމަށް ފުރުޞަތު ތަނަވަސްކޮށްދިނުމާއެކު މުވައްޒަފުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހި ކުރުމުގެ މަޤްޞަދުގައި ކުރިއަށް ގެންދާ މުބާރާތެކެވެ.

މި މުބާރާތުގައި އައްސޭރި ޖަލުން ހަތަރު ޓީމާއި، ހުޅުމާލެ ޑިޓެންޝަން ސެންޓަރގެ ޓީމަކާއެކު ޖުމްލަ ފަސް ޓީމް ވަނީ ބައިވެރިވެފައެވެ.

ޚިޔާލު ފާޅުކުރައްވާ!

Your email address will not be published. Required fields are marked *